ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް ކުރިއަށް ގެންދިޔަ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ދަންފަޅިއެއް ކުރިއަށް ގެންގޮސްފިއެވެ.
މި ދަންފަޅީގައި މަޢުލޫމާތު ދެއްވާފައިވަނީ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ ނައިބު ރައީސް ޑރ. ޢަބްދުއްސަތާރު ޢަބްދުއްރަޙްމާންއެވެ. މި ދަންފަޅީގައި ވާހަކަދައްކަވާފައިވަނީ ފަތުވާ ދިނުމުގެ ނިޡާމާ ގުޅޭ ގޮތުންނެވެ.
ދީނީ ޢިލްމުވެރިންނަށް ކުރިއަށް ގެންދިޔަ އަހަރީ ބައްދަލުވުމުގައި ގިނަ އަދަދެއްގެ ޢިލްމުވެރިންނެއް ބައިވެރިވެލައްވާފައިވެއެވެ.