އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާ ބައްދަލުކުރައްވައިފިއެވެ.
މިއަދު އިސްލާމީ ޔުނިވާސިޓީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އެ ޔުނިވާސީޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުއާއި ސީނިއަރ މެނޭޖްމެންޓުގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ. ފަތުވާ މަޖިލިސްގެ ފަރާތުން ފަތުވާ މަޖިލީހުގެ ރައީސް އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމްއާއި ފަތުވާ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެލެއްވިއެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވަނީ ދެ ފަރާތުން ގުޅިގެން ކުރެވިދާނެ އެކި ކަންކަމާއި ގުޅޭ ގޮތުންނެވެ.