About Us

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެފި

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެފިއެވެ.

މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި އަދި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުވެސް ވަނީ ނެރެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ރިޕޯޓުގައި ހިމެނިފައިވާ މިދިޔަ އަހަރު ކުރެވުނު ކަންތައްތަކަކީ ވުޒާރާގެ އެންމެހާ މުވައްޒަފުން ގުޅިގެން ކުރެއްވި މަސައްކަތުގެ ނަތީޖާކަމަށާއި ދިވެހިރާއްޖޭގެ އިސްލާމީކަންތައްތައް ކުރިއެރުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ޤައުމީ މުހިއްމު މަސައްކަތެއްކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މިއަހަރަކީ 2024 ވަނަ އަހަރަށްވުރެ ކާމިޔާބު އަހަރެއްކަމަށާއި މިހާތަނަށްވެސް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ