ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރީ އަހަރެކޭ އެއްފަދައިން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އިންތިޒާމްކޮށްގެން ދަރުހެއް ބޭއްވުމަށް ނިންމައިފިއެވެ. މި ދަރުހަކީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކުރިއަށްގެންދާ "އައްތަޛްކީރް" މިސިލްސިލާގެ ދަށުން ބާއްވާ ދަރުހެކެވެ. މި ދަރުހުގެ މައުޟޫއަކީ "ކުރިމަތިލާށެވެ!" އެވެ. މި މައުޟޫއަށް ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިނެވެ. ދަރުސް އޮންނާނީ 15 ފެބުރުވަރީ 2026 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 20:15 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.





