އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކުރިއަށްގެންދާ އައްތަޛްކީރު ސިލްސިލާގެ ދަށުން، "ރިބާ – އިޚްތިޔާރެއްތަ؟" މި މައުޟޫއަށް ޚާއްޞަ ދަރުހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަރުސް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ (26 ނޮވެންބަރު 2026) 20:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ދަރުސް ދެއްވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ނައިބު ރައީސް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނެވެ.
މި ދަރުހުގެ މައިގަނޑު މަޤްޞަދަކީ އިސްލާމްދީނުގައި ރިބާ ޙަރާމްކުރައްވާފައިވާ މިންވަރާއި، އޭގެ ސަބަބުން ފަރުދުންނަށާއި މުޖުތަމަޢަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމެވެ. އަދި މުޢާމަލާތްތައް ކުރުމުގައި ރިބާއިން ދުރުހެލިވެ، އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ދަރުހުގައި އަލިއަޅުއްވާލައްވާނެއެވެ.
މި ދަރުހުގައި ވީހާވެސް ގިނަ ބޭފުޅުން، އަދި ޚާއްޞަކޮށް ވިޔަފާރިވެރިންނާއި ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ބައިވެރިވެވަޑައިގަތުމަކީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވަރަށް ބޮޑު އެދުމެކެވެ. ދަރުހުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ.





