"ފަތުވާ ކޮންފަރެންސް 2024″ ބާއްވައިފި

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ ގުޅިގެން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާ އިމާމުންނަށް އަމާޒުކޮށްގެން "ފަތުވާ މަހާސިންތާ 2024″ ގެ ނަމުގައި މަހާސިންތާއެއް ބާއްވައިފި އެވެ. މި މަހާސިންތާގެ މައުޟޫއަކީ "މުޖްތަމަޢު އިސްލާޙް ކުރުމުގައި ފަތުވާގެ ދައުރު" އެވެ. މި މަހާސިންތާ ބާއްވާފައި ވަނީ 23 ނޮވެންބަރު 2024 ވީ ހޮނިހިރު ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. މި މަހާސިންތާގެ މަޤްސަދަކީ ދިވެހިރާއްޖޭގައި ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި އިސްލާމްދީނުގެ […]