އައްޝައިޚް ޙަސަން ތައުފީޤް

އައްޝައިޚް ޙަސަން ތައުފީޤް ވަނީ "ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީސް" އިން 2014 ވަނަ އަހަރު ދިވެހިރާއްޖޭގެ ވިލާ ކޮލެޖުން މާސްޓަރސް ހާޞިލު ކުރައްވާފައެވެ. މިޞްރުގެ ޤާހިރާގެ އިސްލާމިކް މިޝަންސް އިންސްޓިޓިއުޓުން ޝަހާދާ އިޢުދާދިއްޔާ އާއި ޝަހާދާ ޘާނަވިއްޔާ ނިންމެވުމަށްފަހު، 1998 ވަނަ އަހަރު ޖާމިޢަތުލް އަޒްހަރުގެ ފެކަލްޓީ އޮފް ތިއޮލޮޖީ އިން ކީރިތި ޤުރްއާނުގެ ޢިލްމާއި ތަފްސީރު ގެ ރޮނގުން ބެޗްލަރސް ޑިގްރީ ޙާސިލު ކުރައްވާފައިވެއެވެ. ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތް ކުރެއްވުމުގައި ފާހަގަ […]
އައްޝައިޚް އިބްރާހިމް އަޙްމަދު

އައްޝައިޚް އިބްރާހިމް އަޙްމަދު ވަނީ 2013 ވަނަ އަހަރު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން "ފިޤުހު އެންޑް އުޞޫލް ފިޤުހު" އިން މާސްޓާރސް ހާޞިލް ކުރައްވާފައެވެ. ހިސްޓްރީ އެންޑް އާކިއޮލޮޖީ އިން ބެޗްލާރސް ޑިގްރީ ހާޞިލް ކުރެއްވީ އެކުވެރި ޢަރަބި ޢިމާރާތުގެ ޔުނައިޓަޑް އަރަބް އެމިރޭޓްސް ޔުނިވަރސިޓީ އިން 1997 ވަނަ އަހަރުއެވެ. މީގެ އިތުރުން 2008 ވަނަ އަހަރު އިމާމުން ތަމްރީނު ކުރުމުގެ ކޯހަކާއި، 2016 ވަނަ އަހަރު ފަތުވާ ދިނުމުގެ މަސައްކަތާއިބެހޭ ޓްރައިނިންގް ކޯހެއް […]
ޑރ. އިބްރަހީމް ޒަކަރިއްޔާ މޫސާ

ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވަނީ 2010 ވަނަ އަހަރު މެލޭޝިއާގެ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ފިޤުހު އެންޑް އުޞޫލުލް ފިޤުހު އިން ޕީ،އެޗް،ޑީ ހާޞިލުކުރައްވާފައެވެ. އަދި 2007 ވަނަ އަހަރު ހަމަ އެ ޔުނިވަރސިޓީން އިސްލާމިކް ރިވީލްޑް ނޮލެޖް އިން މާސްޓާސް ޙާޞިލުކުރައްވާފައިވެއެވެ. 1983 ވަނަ އަހަރު، އިސްލާމިކް ޝަރީޢާއިން ޑިގްރީ ޙާސިލުކުރައްވާފައިވަނީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީންނެވެ. މީގެ އިތުރުން 1971 އާއި 1979 އާ ދެމެދު ޕާކިސްތާނުންނާއި ސަޢޫދީޢަރަބިއްޔާއިން މެޓްރިކިޔުލޭޝަންއާއި، ޘާނަވީ ތަޢުލީމު ޙާސިލުކުރައްވައި […]
ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

އައްޝައިޚް އިލްޔާސް ޙުސައިން

ޝައިޚް އިލްޔާސް ޙުސައިން ވަނީ 2016 ވަނަ އަހަރު މެލޭޝިއާގެ އަލް މަދީނާ އިންޓަރނޭޝަނަލް ޔުނިވާސިޓީން މާސްޓަރސް އިން ދަޢްވާ ޙާޞިލް ކުރައްވާފައިވެއެވެ. 1979 ވަނަ އަހަރު އިންޑިއާގެ ގުޖްރާތުގެ މަޓްލީވާލާ ޕަބްލިކް ސްކޫލުގެ ދާރުލް އުލޫމް ފެކަލްޓީ އިން މެމޮރައިޒޭޝަން އޮފް ޤުރުއާން ނިންމެވުމަށްފަހު 1982 ވަނަ އަހަރު އިންޑިއާގެ ޑާބީލް އިސްލާމިކް ޔުނިވަރސިޓީ އިން މަތީ ޘާނަވީ ސެޓްފިކެޓް ޙާސިލުކުރެއްވިއެވެ. އަދި 1987 ވަނަ އަހަރު ހަމަ އެޔުނިވަރސިޓީއިން އިސްލާމިކް ސްޓަޑީސް އެންޑް ލޯއިން […]
ޑރ. މޫސާ އަންވަރު ޙަސަން

ޑރ. މޫސާ އަންވަރު ޙަސަން ވަނީ "ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑިޝަލް ސައިންސަސް އެންޑް ލެޖިސްލޭޓީވް ޕޮލިސީ" އިން 2021 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން ޕީއެޗް.ޑީ ހާޞިލު ކުރައްވާފައެވެ. މަޢްހަދުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަހާދާ އިޢުދާދިއްޔާ އަދި ޝަހާދާ ޘާނަވިއްޔާ ނިންމެވުމަށްފަހު، 2002 ވަނަ އަހަރު މިޞްރުގެ ޖާމިޢަތުލް އަޒްހަރުން އިސްލާމިކް ސިވިލައިޒޭޝަން އިން ފަސްޓް ޑިގްރީ ހާޞިލް ކުރެއްވިއެވެ. އަދި އެއަށްފަހު ވަނީ 2013 ވަނަ އަހަރު މެލޭޝިއާގެ […]
ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން

ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަކީ 2001 ވަނަ އަހަރު ޕާކިސްތާނުގެ "އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ" އިން ތަފްސީރާއި ޢުލޫމުލް ޤުރުއާނުން ޕީ.އެޗް.ޑީ ޙާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ތަފްސީރާއި ޙަދީޘުން 1995 ވަނަ އަހަރު މާސްޓާރސް ޙާސިލުކުރައްވާފައިވެއެވެ. ޝަހާދާ ޘާނަވިއްޔާއާއި މަތީ ތަޢުލީމު ޙާސިލުކުރައްވާފައިވަނީ ޕާކިސްތާނުގެ ޖާމިޢަތުއްސަލަފިއްޔާއިންނެވެ. ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން މިވަގުތު ހުންނެވީ ދިވެހި ރާއްޖޭގެ ޤައުމީޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންގެ މަޤާމުގައެވެ. އެބޭފުޅާ ޢިލްމު ފެތުރުއްވުމުގެ މަސައްކަތް ފައްޓަވާފައިވަނީ 1998 ވަނަ […]
ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް

ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ، "ޑޮކްޓަރ އޮފް ފިލޯސަފީ އިން ފިޤްހު އެންޑް އުސޫލް ފިޤްހް" އިން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން 2021 ވަނަ އަހަރު ޕީއެޗް.ޑީ ހާޞިލު ކުރައްވާފައެވެ. މިޞްރުގެ ޖާމިޢަތުލް އަޒްހަރުން ޘާނަވީ އަދި މަތީ ޘާނަވީ ނިންމަވައި، ބެޗްލަރސް އޮފް ޝަރީޢާ އެންޑް ލޯ ހާޞިލް ކުރެއްވުމަށްފަހު މާސްޓާސް އިން ފިޤްހުލް މުޤާރަން ހާޞިލް ކުރެއްވީވެސް އަލްއަޒްހަރު ޔުނިވަރސިޓީ އިންނެވެ. މީގެ އިތުރުން ޖެނަރަލް ސަރޓިފިކެޓް އޮފް އެޑިއުކޭޝަން […]
އަލްއުސްތާޛް އިސްޙާޤް މުޙައްމަދުފުޅު

އަލްއުސްތާޛް އިސްޙާޤް މުޙައްމަދުފުޅު ވަނީ 2006 ވަނަ އަހަރު އިސްލާމް އާބާދުގައި ހުންނަ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން "މާސްޓަރސް އޮފް އާރޓްސް އިން އިސްލާމިކް ސްޓަޑީސް" ހާޞިލު ކުރައްވާފައެވެ. ބެޗްލާރސް ޑިގްރީ ޙާސިލް ކުރެއްވީ 2001 ވަނަ އަހަރު މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޙަދީޘް އެންޑް އިސްލާމިކް ސްޓަޑީސް އިންނެވެ. އަލްއުސްތާޛް އިސްޙާޤް މުޙައްމަދުފުޅު ފާހަގަ ކުރެވިފައި ވަނީ ތަޢުލީމީ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. މިވަގުތު އަދާކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ […]
ޑރ. އާދަމް ޝަމީމް ބިން އިބްރާހިމް

އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް 1996 ވަނަ އަހަރު ޕާކިސްތާނުގެ ފައިސަލްއާބާދު ގައި ހުންނަ ޖާމިޢާ ސަލަފިއްޔާ އިން ޝަހާދާ އިޢުދާދިއްޔާ އަދި ޝަހާދާ ޘާނަވިއްޔާ ފުރިހަމަ ކުރެއްވުމަށްފަހު، 2003 ވަނަ އަހަރު މަދީނާގެ އިސްލާމިކް ޔުނިވަރސިޓީއިން ޙަދީޘް އެންޑް އިސްލާމިކް ސްޓަޑީސްއިން ޑިގްރީ ހާސިލް ކުރެއްވިއެވެ. އަދި އެއަށްފަހު 2009 ވަނަ އަހަރު މެލޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީއިން ފިޤުހު އަދި އުޞޫލުލް ފިޤުހުން މާސްޓަރސް ހާސިލް ކުރެއްވިއެވެ. އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް […]