About Us

Dr. Abdul Sattar Abdul Raheem_1

ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން

الدكتور عبدالستار عبدالرحمن

29 މާރޗް 2023

ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަކީ 2001 ވަނަ އަހަރު ޕާކިސްތާނުގެ "އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ" އިން ތަފްސީރާއި ޢުލޫމުލް ޤުރުއާނުން ޕީ.އެޗް.ޑީ ޙާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ތަފްސީރާއި ޙަދީޘުން 1995 ވަނަ އަހަރު މާސްޓާރސް ޙާސިލުކުރައްވާފައިވެއެވެ. ޝަހާދާ ޘާނަވިއްޔާއާއި މަތީ ތަޢުލީމު ޙާސިލުކުރައްވާފައިވަނީ ޕާކިސްތާނުގެ ޖާމިޢަތުއްސަލަފިއްޔާއިންނެވެ.

ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން މިވަގުތު ހުންނެވީ ދިވެހި ރާއްޖޭގެ ޤައުމީޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންގެ މަޤާމުގައެވެ. އެބޭފުޅާ ޢިލްމު ފެތުރުއްވުމުގެ މަސައްކަތް ފައްޓަވާފައިވަނީ 1998 ވަނަ އަހަރު އަމީނިއްޔާ ސުކޫލުގެ އިސްލާމް މުދައްރިސެއްގެ މަޤާމުންނެވެ. އެއަށްފަހު ކުއްލިޔަތުއްދިރާސާތިލް އިސްލާމިއްޔާ (2002- 2009)، ވިލާ ކޮލެޖް (2010 -2011)، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު (2007 -2013) އަދި އެމް.އެން.ޔޫގެ ފެކަލްޓީ އޮފު ޝަރީޢާ އެންޑް ލޯ، (2001 – 2004) ގައި ޕާރޓް ޓައިމް ލެކްޗަރަރއަކަށް އުޅުއްވާފައިވެއެވެ. މީގެ އިތުރުން 2004 އިން 2018 އަށް އެމް.އެން.ޔޫގެ ފެކަލްޓީ އޮފު ޝަރީޢާ އެންޑް ލޯގައި ސީނިއަރ ލެކްޗަރަރއަކަށް އުޅުއްވުމަށްފަހު ހަމަ އެފެކަލްޓީގެ ޑީންގެ މަޤާމުގައި 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ހުންނެވިއެވެ.

މީގެ އިތުރުންވެސް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އެކި މަސައްކަތްތައް ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ފިޤުހު އެކަޑަމީގެ މެންބަރުކަން ކުރެއްވުމާއި އެމް. އޭ ޝަރިޢާގެ ކޯސް  ކޯރޑިނޭޓަރކަމާއި، އެލް.އެލް.ބީ ކޯސް ކޯރޑިނޭޓަރކަމާއި، ޤައުމީ ޔުނިވަރސިޓީގެ ހަޔަރ ޑިގްރީސް ކޮމެޓީގެ މެންބަރުކަމާއި، ޤައުމީ ޔުނިވަރސިޓީގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމެޓީގެ މެންބަރކަމާއި، އެކަޑެމިކް ސެނެޓުގެ މެންބަރކަމާއި، މާސްޓަރ އޮފް އާރޓްސް އިން ޝަރިޢާގެ ނުވަ ދަރިވަރުންގެ އެމް.އޭ. ގެ ޑިޒަރޓޭޝަންގެ ސުޕަރވައިޒަރުކަންކުރުން ފާހަގަ ކޮށްލެވެއެވެ. އަދި 4 ފަހަރު ޤައުމީ ޔުނިވާރސިޓީގެ ތެވެލި ކޮންފެރެންސްގައި ބައިވެރިވެފައިވެއެވެ.

ދިވެހި މުޖުތަމަޢުގެތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން ލިޔުއްވާފައިވާ ބައެއް މުހިންމު ފޮތްތަކުގެ ތެރޭގައި:

  • تاريخ التشريع الإسلامي (އިސްލާމީޝަރީޢަތުގެ ތާރީޚު)
  • القواعد الفقهية (އިސްލާމިކް ލީގަލް މެކްސިމްސް)
  • الحدود (ޙައްދުތައް)
  • الجنايات (އަނިޔާތައް)
  • الأحوال الشخصية 1،2،3
  • وسائل الإثبات (މައްސަލަތައް ޘާބިތު ކުރުމުގެ ވަސީލަތްތައް. ހަތަރު މަޛުހަބު ޝާމިލް ވާގޮތަށް) ހިމެނެއެވެ.

ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަމަށް ޢައްޔަން ކުރެވުނީ 2023 ވަނަ އަހަރުގެ މާރިޗް މަހުގެ 29 ވަނަ ދުވަހު އެވެ.

ހިއްސާކުރައްވާ