About Us

އައްޝައިޚް އިލްޔާސް ޙުސައިން

ޝައިޚް އިލްޔާސް ޙުސައިން ވަނީ 2016 ވަނަ އަހަރު މެލޭޝިއާގެ އަލް މަދީނާ އިންޓަރނޭޝަނަލް ޔުނިވާސިޓީން މާސްޓަރސް އިން ދަޢްވާ ޙާޞިލް ކުރައްވާފައިވެއެވެ. 1979 ވަނަ އަހަރު އިންޑިއާގެ ގުޖްރާތުގެ މަޓްލީވާލާ ޕަބްލިކް ސްކޫލުގެ ދާރުލް އުލޫމް ފެކަލްޓީ އިން މެމޮރައިޒޭޝަން އޮފް ޤުރުއާން ނިންމެވުމަށްފަހު 1982 ވަނަ އަހަރު އިންޑިއާގެ ޑާބީލް އިސްލާމިކް ޔުނިވަރސިޓީ އިން މަތީ ޘާނަވީ ސެޓްފިކެޓް ޙާސިލުކުރެއްވިއެވެ. އަދި 1987 ވަނަ އަހަރު ހަމަ އެޔުނިވަރސިޓީއިން އިސްލާމިކް ސްޓަޑީސް އެންޑް ލޯއިން […]

ޑރ. މޫސާ އަންވަރު ޙަސަން

ޑރ. މޫސާ އަންވަރު ޙަސަން ވަނީ "ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑިޝަލް ސައިންސަސް އެންޑް ލެޖިސްލޭޓީވް ޕޮލިސީ" އިން 2021 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން ޕީއެޗް.ޑީ ހާޞިލު ކުރައްވާފައެވެ. މަޢްހަދުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަހާދާ އިޢުދާދިއްޔާ އަދި ޝަހާދާ ޘާނަވިއްޔާ ނިންމެވުމަށްފަހު، 2002 ވަނަ އަހަރު މިޞްރުގެ ޖާމިޢަތުލް އަޒްހަރުން އިސްލާމިކް ސިވިލައިޒޭޝަން އިން ފަސްޓް ޑިގްރީ ހާޞިލް ކުރެއްވިއެވެ. އަދި އެއަށްފަހު ވަނީ 2013 ވަނަ އަހަރު މެލޭޝިއާގެ […]

ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން

ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަކީ 2001 ވަނަ އަހަރު ޕާކިސްތާނުގެ "އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ" އިން ތަފްސީރާއި ޢުލޫމުލް ޤުރުއާނުން ޕީ.އެޗް.ޑީ ޙާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ތަފްސީރާއި ޙަދީޘުން 1995 ވަނަ އަހަރު މާސްޓާރސް ޙާސިލުކުރައްވާފައިވެއެވެ. ޝަހާދާ ޘާނަވިއްޔާއާއި މަތީ ތަޢުލީމު ޙާސިލުކުރައްވާފައިވަނީ ޕާކިސްތާނުގެ ޖާމިޢަތުއްސަލަފިއްޔާއިންނެވެ. ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން މިވަގުތު ހުންނެވީ ދިވެހި ރާއްޖޭގެ ޤައުމީޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންގެ މަޤާމުގައެވެ. އެބޭފުޅާ ޢިލްމު ފެތުރުއްވުމުގެ މަސައްކަތް ފައްޓަވާފައިވަނީ 1998 ވަނަ […]

ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް

ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ، "ޑޮކްޓަރ އޮފް ފިލޯސަފީ އިން ފިޤްހު އެންޑް އުސޫލް ފިޤްހް" އިން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން 2021 ވަނަ އަހަރު ޕީއެޗް.ޑީ ހާޞިލު ކުރައްވާފައެވެ. މިޞްރުގެ ޖާމިޢަތުލް އަޒްހަރުން ޘާނަވީ އަދި މަތީ ޘާނަވީ ނިންމަވައި، ބެޗްލަރސް އޮފް ޝަރީޢާ އެންޑް ލޯ ހާޞިލް ކުރެއްވުމަށްފަހު މާސްޓާސް އިން ފިޤްހުލް މުޤާރަން ހާޞިލް ކުރެއްވީވެސް އަލްއަޒްހަރު ޔުނިވަރސިޓީ އިންނެވެ. މީގެ އިތުރުން ޖެނަރަލް ސަރޓިފިކެޓް އޮފް އެޑިއުކޭޝަން […]