އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަޢާރަފް


މިނިވަން، މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ވުޖޫދުވެގެން އައީ، ޤާނޫނު ނަންބަރު 94/6 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު 2016/06 ގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ޤާނޫނަށް ޢަމަލުކުރަން ފެށުމުންނެވެ. މިގޮތުން ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ބޭނުންވާނެ އެކިއެކި ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤުހީ އައު މައްސަލަތަކުގެ ދިރާސާތައް ކުރުމަށާއި، އެކަންކަމާ ގުޅޭ ދީނީ ލަފާޔާއި އިރުޝާދު ފޯރުކޮށްދިނުމަށްޓަކައި، ”އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް“ގެ ނަމުގައި މަޖިލީހެއް އުފައްދާފައި ވަނީ  25 އޭޕްރިލް 2016 ވީ ހޯމަ ދުވަހުއެވެ. މި މަޖިލީހަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ބެލެނިވެރިކަމުގެ ދަށުން ހިނގަމުންދާ ވަކި އިދާރާއެކެވެ.