އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް


އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް 1996 ވަނަ އަހަރު ޕާކިސްތާނުގެ ފައިސަލްއާބާދު ގައި ހުންނަ ޖާމިޢާ ސަލަފިއްޔާ އިން ޝަހާދާ އިޢުދާދިއްޔާ އަދި ޝަހާދާ ޘާނަވިއްޔާ ފުރިހަމަ ކުރެއްވުމަށްފަހު، 2003 ވަނަ އަހަރު މަދީނާގެ އިސްލާމިކް ޔުނިވަރސިޓީއިން ޙަދީޘް އެންޑް އިސްލާމިކް ސްޓަޑީސްއިން ޑިގްރީ ހާސިލް ކުރެއްވިއެވެ. އަދި އެއަށްފަހު 2009 ވަނަ އަހަރު މެލޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީއިން ފިޤުހު އަދި އުޞޫލުލް ފިޤުހުން މާސްޓަރސް ހާސިލް ކުރެއްވިއެވެ.

އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް މިވަގުތު އަދާކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސްގައި ލެކްޗަރަރުކަމުގެ މަޤާމެވެ.