އަލްއުސްތާޛް އިސްޙާޤް މުޙައްމަދުފުޅު


އަލްއުސްތާޛް އިސްޙާޤް މުޙައްމަދުފުޅު ވަނީ 2006 ވަނަ އަހަރު އިސްލާމް އާބާދުގައި ހުންނަ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ”މާސްޓަރސް އޮފް އާރޓްސް އިން އިސްލާމިކް ސްޓަޑީސް“ ހާޞިލު ކުރައްވާފައެވެ. ބެޗްލާރސް ޑިގްރީ ޙާސިލް ކުރެއްވީ 2001 ވަނަ އަހަރު މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޙަދީޘް އެންޑް އިސްލާމިކް ސްޓަޑީސް އިންނެވެ.

އަލްއުސްތާޛް އިސްޙާޤް މުޙައްމަދުފުޅު ފާހަގަ ކުރެވިފައި ވަނީ ތަޢުލީމީ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. މިވަގުތު އަދާކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އަރަބިކް ލެންގުއޭޖްގެ ޑީން ކަމުގެ މަޤާމެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ ޑީން ކަމުގެ މަޤާމާއި، ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް އެންޑް ހިއުމަން ސައިންސަސްގެ ޑީން ކަމުގެ މަޤާމުގެ އިތުރުން ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސްއާއި ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީސްގެ ރިސޯސް ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވެއެވެ. އަލްއުސްތާޛް އިސްޙާޤް މުޙައްމަދުފުޅު ވަނީ އެކި ބޯޑުތަކާއި ކޮމިޓީތަކުގެ މެންބަރުކަންވެސް ކުރައްވާފައެވެ. އޭގެ ތެރޭގައި އިސްލާމިކް ފިޤުހު އެކަޑަމީގެ މެންބަރުކަމާއި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޓްރަސްޓް ފަންޑް ކޮމިޓީއާއި ސްކޮލަރޝިޕް ކޮމިޓީގެ މެންބަރުކަމާއި، އަދި ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސްގެ ކޮލެޖް ކައުންސިލްގެ މެންބަރުކަން ހިމެނެއެވެ.

އަލްއުސްތާޛް އިސްޙާޤް މުޙައްމަދުފުޅު އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް ޢައްޔަން ކުރެވުނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ.